ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިމިއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުން، ބޭރު ތޮށިލުމުގެ މަސައްކަތުގެ އިތުރުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް ވެސް މިއަދު ވަނީ ނިމިފަ އެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތްވެސް ނިންމާލުން ކަމަށް ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ހަމަ އެހެންމެ، 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު