އަނެއްކާވެސް ކޮވިޑު ފެތުރެމުންދާތީ ފުވައްމުލައް މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.
ފުވައްމުލައް އެންމެ ފުރަތަމަ މޮނީޓަރިންގެ ހާލަތަށް ގެނައީ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ. އޭގެ ތިން މަސްފަހުން އާންމު ހާލަތަށް ގެނައީ މި މަހުގެ ގަސް ވަނަ ދުވަހު އެވެ.
ނަމަވެސް އަލުން އަނެއްކާވެސް ރަށުތެރެއަށް ބަލި ފެތުރެމުންދާތީ އެރަށް އަނެއްކާވެސް އިއްޔެ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ. ނަމަވެސް އިއްޔެ ޕޮޒިޓިވް ވީ ކިތައް މީހުންކަމެއް އަދިވަނީ ސާފު ވާ ގޮތް ނުވެފަ އެވެ.
ފުވައްމުލަކުގައި މީގެ ކުރިން ބަލި ފެތުރި އެކަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
ފުވައްމުލަކާއެކު ރާއްޖޭގެ 19 ރަށެއް މިހާރު އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު