- ތ. ތިމަރަފުށިން އަލީ ޔާމިން
މި ސަރުކާރުން އެމްޑީޕީއަށް އަދި އެ ޕާޓީގެ މެންބަރަކަށްވެސް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ކޮޅުމަޑުލުގެ ހަތް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ކުރިއަށްގެންދާނީ އެންމެންގެ ބައިވެރިވުމާއެކުގައި ކަމަށާއި މި ސަރުކާރަކީ އެމްޑީޕީގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް އޮތް ސަރުކާރެއް ކަމަށެވެ.
"މި ސަރުކާރުގައި އެމްޑީޕީން ވަރަށް ބޮޑު ދައުރެއް އަދާކުރޭ. އަޅުގަނޑު މިއަދުވެސް ތިބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ މި ސަރުކާރުން އެމްޑީޕީއަށް އަދި އެމްޑީޕީގެ މެންބަރަކަށް ދެރަގޮތެއް ނުހަދާނެކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންތިހާބުތައް ކައިރިވަމުން އަންނައިރު ތަފާތު ކުލަތައް ޖެހޭނެ ކަމަށާއި، ތަފާތު ވާހަކަ ދެކެވިގެން އަންނާނެ ކަމަށެވެ. ނަމަވެސް މީގެ 15 އަހަރު ކުރިން ވުޖޫދަށް އައި އެމްޑީޕީއަކީ އަޒުމް ވަރުގަދަ އަދި ދާން ބޭނުންވާ މަގުސަދު އެނގޭ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީ ކުރިއެރުވޭނީ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކޮށްގެން ކަމަށާއި ކުރިއެކޭ އެއްގޮތަށް ޕާޓީއަށް އޮތް ތާއީދު ދަމަހައްޓައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު