ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކާ ހިސާބަށް ވަދެވޭ ގޮތަށް އެ ސަރަހައްދު އާންމުންނަށް ހުޅުވާލައިފި އެވެ.
ހައުސިން ޑެވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީން) ބުނީ ހިޔާ ފުލެޓްތަކާ ހަމައަށް އާންމުންނަށް ވަދެވޭ ގޮތަށް، ވަކި ހިސާބަކަށް ހުޅުވާލައިފައިވާ ކަމަށާއި، އާންމުންނަށް ވަދެވޭ ހިސާބުތަކުގެ މެޕެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
މީގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހި އާންމުންނަށް ވަދެވޭނެހެން ހުޅުވާފައިވަނީ މިހާރު މީހުން ދިރިއުޅޭ ގެތައް ހުންނަ ސަރަހައްދާ ހަމަޔަށެވެ.
ހިޔާ ފްލެޓް ހުންނަ ހިސާބަށް ދެވޭ ގޮތަށް ހުޅުވާލި އިރު އެ ފްލެޓްތަކަށް މީހުން ބަދަލުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި މިއަދު ވަނީ ބައެއް ޓަވަރު ތަކަށް ކަރަންޓުވެސް ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު