އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި މިރޭ ކްލަބު އީގަލްސްއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ނުފެންނާނެއެވެ.
ދަގަނޑޭ ޓީމުގައި ހިމަނައިގެން އީގަލްސްއިން މިރޭގެ މެޗަށް ތައްޔާރުވި ނަމަވެސް "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ ހާލަތު ހުރި ގޮތުން އީގަލްސްއިން ކޭމްޕު ކުރިއިރު ދަގަނޑޭ "ބަބުލް"ގެ ތެރެއިން ކޭމްޕް ކޮށްފައެއް ނުވެއެވެ. އެހެންކަމުން މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ޓީމު ޝީޓުގައި ދަގަނޑޭ ހިމެނިފައި ވަނީ "ނޮޓް އެލިޖިބަލް" ކުޅުންތެރިންގެ ތެރޭގައެވެ.
ދަގަނޑޭ އީގަލްސްއަށް ގޮސްފައި ވަނީ އޭއެފްސީ ކަޕަށެވެ. މިދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުމަށްފަހު ރާއްޖޭގެ އޮފް ސީޒަނުގައި އޭއެފްސީ ކަޕް އޮތުމާއެކު ދަގަނޑޭގެ އިތުރުން ސީނިއާ ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބު އީގަލްސްއަށް ގޮސްފައެވެ. މިރޭގެ މެޗުގައިވެސް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ފުރަތަމަ 11 އިން ފެންނާނެއެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭއަކީ އޭއެފްސީ ކަޕްގެވެސް ލެޖެންޑެކެވެ. އެ މުބާރާތުގައި އޭނާ ވަނީ ނިއު ރޭޑިއަންޓް ޖާޒީގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް އޭނާއަކީ އަދިވެސް އޭއެފްސީ ކަޕްގެ ތާރީހުގައި ކުޅުނު އެންމެ ވަރުގަދަ ފޯވަޑުންގެ ތެރޭގައި ގުނާ ލެވޭ ނަމެކެވެ.
މިހާތަނަށް ކެރިއަރުގައި 460 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ދަގަނޑޭއަކީ ދުނިޔޭގެވެސް އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައެވެ. ގޯލް ޕާ ގޭމް ރޭޝިއޯއަށް ބަލާ އިރު، އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނާއެކު ގުނާލެވޭ ކުޅުންތެރިއެވެ.
ގައުމީ ޖާޒީގައިވެސް ކުޅެފައިވާ 81 މެޗުން 53 ގޯލު ޖަހައި، ދަގަނޑޭއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފޯވަޑުންނާ އެއް ހަމައެއްގައި ހިމަނައިލެވޭ ކުޅުންތެރިއެކެވެ.
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު ޔޫސުފް/ ކެޕްޓަން
- އަސްހަދު އަލީ (އަޑޭ)
- މުހައްމަދު ނާއިމް
- މުހައްމަދު އާރިފް (ބަކާ)
- އިސްމާއީލް އީސަ (މެސީ)
- އަކްރުމް އަބްދުލްޣަނީ (އަކޫ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު ފައިސަލް/ ގޯލްކީޕަރު
- ހަސަން ރާއިފް އަހުމަދު (ހަންނަ)
- ހައިޝަމް ހަސަން
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް