ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމާ އުއްމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެ މި މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއް ބުނެފައިވަނީ އެ ކޮމިޝަނަށް އުއްމު ކުލްސޫމާއި ގުޅޭ ގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 58 ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އުއްމު ކުލްސޫމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެފައި ނުވާއިރު ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ. އަދި އަހުމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު