ޕީއެސްޖީއަށް އަލަށް ސޮއިކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ އެއްވަނަ ކަމަށާއި،މެސީގެ ޓްރާންސްފާއަކީ ފުޓުބޯޅައިގެ ތާރީހުގައި ލިޔެލެވޭނެ ޓްރާންސްފާއެއް ކަމަށް ޕީއެސްޖީގެ ރައީސް ނަސޭރު އަލް ހެލަފީ ވިދާޅުވެއްޖެއެވެ.
މެސީއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެ މެސީގެ ޓްރާންސްފާގެ ހަބަރުތަކާއެކު ނޫސްވެރިންނާ ވާހަކަ ދެއްކުމަށް މެސީއާއެކު ނަސޭރު މިއަދު ބޭއްވި ހާއްސަ ޕްރެސްގައި އޭނާ ވިދާޅުވީ ޕީއެސްޖީގެ ތާރީހުގައިވެސް މެސީގެ ޓްރާންސްފާއަކީ ހާއްސަ ޓްރާންސްފާއެއް ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ޖާޒީ ލުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
"މިއީ ތާރީހީ ދުވަހެއް. ތާރީހީ ޓްރާންސްފާއެއް. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ޖާޒީ ލުމަކީ ލިބުނު ބޮޑު ޝަރަފެއް. މެސީއަކީ ހަމައެކަނި ހަ ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިޔާ. މެސީއަކީ ދުނިޔޭގެ އެއްވަނަ. މިއީ ޕީއެސްޖީގެ ބޮޑު ބިޔަ ފުޓުބޯޅަ ޕްރޮޖެކްޓަށް ލިބުނު އެންމެ ބޮޑު ކުރިއެރުން. މިކަމަށް އިތުބާރު ކުރި ކަމަށް ޓަކައި، މެސީގެ އަންހެނުން، ބައްޕަ ޖޯޖު އަދި ޓީމުގެ އިތުރުން ޕީއެސްޖީގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ އާއި އޭނާގެ ޓީމަށް، އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ނަސޭރު ވިދާޅުވިއެވެ.
ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ދާން އެއްބަސްވެފައިވާ އިރު، ދެ އަހަރު ފަހުން ޕީއެސްޖީން ބޭނުން ނަމަ ކޮންޓްރެކްޓް 2024 އާ ހަމައަށްވެސް އިތުރު ކުރޭވެ ގޮތަށް ދެފަރާތުން ވަނީ އެއްބަސް ވެފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން ނިންމާފައި ވަނީ މެސީއަށް އަހަރެއްގެ މައްޗަށް 35 މިލިއަން ޔޫރޯ ދިނުމަށެވެ. އޭގެ އިތުރުން ބޯނަސް ތަކާއި އެޑް އޮންސްތައް ދޭނެއެވެ. ޕީއެސްޖީން ރޭ ވަނީ މެސީ ސޮއިކުރިކަން ރަސްމީކޮށް އަންގާފައެވެ. ޕީއެސްޖީން މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ޓްރާންސްފާތަކެއް ކޮށް، ވަރަށް ބޮޑަށް ޓީމު ވަރުގަދަ ކޮށްފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު