ހިޔާ ފްލެޓްތަކުގެ ކުލި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީ ބުނެފި އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކަރަންޓް މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ނިމޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ގުނަން ފެށި ނަމަވެސް ސަރުކާރުން އާންމުކޮށްފައިވާ ގޮތަށް ފުރަތަމަ ތިން މަސްދުވަސް ހިލޭ އެތަނުގައި ދިރިއުޅެވޭނެ ކަމަށެވެ.
ސުހެއިލް ވިދާޅުވީ ފުރަތަމަ ތިން މަސް ހަމަވުމަށްފަހު ކުލި ނަގަން ފަށާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ.
ހިޔާފްލެޓްތައް ހަވާލުކޮށް ނިމިފައިވާއިރު އެތަނުގެ ފިނިޝިން މަސައްކަތް ނުނިންމައި ބޮޑު ކުއްޔެއް ނަގަން ނިންމާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.
ސުހެއިލް އިތުރަށް ވިދާޅުވީ ފުލެޓް ލިބުނު ފަރާތްތަކުން ފުލެޓުތަކަށް ކުދި ކުދި ބަދަލު ގެންނާން ބޭނުންވާ ކަމަށާއި އެއީ އެކަށީގެންވާ ކަންކަންތޯ ބެލުމަށްފަހު އެކަންކަމަށް ވެސް ހުއްދަ ދެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު