މާލެ ސިޓީ ކައުންސިލާއެކު މަސައްކަތް ކުރުމަށް ކޮންމެ ބްލޮކަކަށް ވެރިން ހޮވުމަށް އެ ބްލޮކް ތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްލޮކް ވެރީންނަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
ބްލޮކް ވެރިން ހޮވުމަށް ބައްވާ އިންތިހާބު އަންނަ އޮކްޓޫބަރު މަހު ބާއްވަން ވަނީ ނިންމާފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ބްލޮކް ވެރިންގެ މަގާމަކީ މުސާރަ ދެވޭ މަގާމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ކައުންސިލާ ހިއްސާކޮށް އެ ބްލޮކެއްގެ ކަންކަން ރަނގަޅުކުރުމަށް ކައުންސިލާ ގާތުން މަސައްކަތް ކުރާ ބައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު