މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި އެޕޮއިންޓަމަންޓަކާ ނުލައިވެސް ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިހާރު މާލޭ ސަހަރައްދުގައި ވެކްސިން ދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
އެޗްޕީއޭއިން މިރޭ ބުނީ، މާދަމާއިން ފެށިގެން އެޕޮއިންޓްމަންޓަކާ ނުލައިވެސް މާލޭ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރުތަކުން އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ކަމަށެވެ.
ނަމަވެސް ކުރިއާލައި އެޕޮއިންޓްމަންޓް ހައްދައިގެން އަންނަ މީހުންނަށް އިސްކަން ދެވޭނެ ކަމަށްވެސް ބުންޏެވެ.
ހެލްތު މިނިސްޓްރީގެ އަމާޒަކީ މި މަސް ނިމެންވާއިރަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު