ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި ވެކްސިން ނުޖަހާ މީހުންނަށް އަންނަ މަހުން ފެށިގެން ބައެއް އާންމު ހިދުމަތްތައް ދިނުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނީ، ވެކްސިނަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމުގެ ގޮތުން، ވެކްސިނަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި ތިބި މީހުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
- ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
- ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
- ރައްޔިތުންނާ ގާތުން ދޭން ޖެހޭ ހިދުމަތްތައް ދޭ ފަރާތްތައް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާއި ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ) ވަކި ކަންކަމެއް ޝަރުތުކުރުން.
- އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިކުރުވާ އުސޫލެއް އެޗްޕީއޭއިން އެކުލަވާލައިފައިވާ އިރު، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރައިގެ 21 އިންސައްތަ މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައެވެ.
ހެލްތު މިނިސްޓްރީގެ އަމާޒަކީ މިމަސް ނިމޭއިރު ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު