ޕީސީއާރު ޓެސްޓު ނުހަދައި ރަށްރަށަށް ދަތުރުކުރެވޭނީ އެ ރަށެއްގައި ދިރިއުޅޭ 12 އަހަރުން މަތީގެ 90 އިންސައްތަ ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ ދަށް ރަށްތަކުން ދަތުރުކުރާ އިރު، ހަދަން ޖެހޭ ޕީސީއާރަށް އަންނަ މަހުގެ އެކަކުން ފެށިގެން ލުއި ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ، އެ ލުއި ބޭނުންވާ ރަށްތަކުން ވެކްސިން ޖަހާ އުމުރުފުރައިގެ 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހެއެވެ. ގެސްޓް ހައުސް ހިންގާ ނަމަ އެ ދާއިރާގެ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ޕީސީއާރާ ނުލައި ރަށްރަށަށް ދަތުރު ކުރަން ހުއްދަ ދޭނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހަން ފެށުމުން ކަމަށެވެ. އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ދުވަހެއް މި ފެށޭ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެއެވެ.
ކުޑަކުދިންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު