ގއ. ވިލިނގިލި އާންމު ހާލަތަށް ގެނެސްފިއެވެ.

ގއ. ވިލިނގިލި މޮނިޓަރިން އިން ނެގިތާ ހަފުތާއެއްވެސް ނުވަނީސް އަނެއްކާވެސް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، އަލާމާތްތައް ފެނިގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން މިމަހުގެ އެއްވަނަ ދުވަހުއެވެ.

ގއ. ވިލިނގިލިން މިހާތަނަށް 178 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ވިލިނގިލި މިއަދު އާންމު ހާލަތަށް ގެނެސްފައިވާ އިރު، އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ފަސޭހަ ނުވެ މިހާރު ހުރީ އެންމެ މީހެކެވެ.

ވިލިނގިލި މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.