މާދަމާއިން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދަންވަރު 1:00 ޖަހަންދެން ހުޅުވައިފައި ބެހެއްޓޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ މީގެ ކުރިން ދީފައި އޮތީ ރޭގަނޑު 11:30 ވަންދެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިރޭ ގެޒެޓު ކުރި އެންގުމުގައި ބުނީ، މާދަމާއިން ފެށިގެން ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އާންމު ހާލަތުގެ ގަޑިތަކުގައި ހިދުމަތް ދިނުމަށް ހުޅުވާލާނެ ކަމަށެވެ.
އާންމު ހާލަތުގެ ގަޑިތަކަކީ ފަތިހު 4:30 އިން ދަންވަރު 1:00ގައި ހިދުމަތް ދިނުމެވެ.
ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޕާޓީތައް ބާއްވަން ހުއްދަ ދިން ނަމަވެސް 30 މީހުންނަށް ވުރެ އިތުރަށް އެއް ވަގުތެއްގައި މީހުން އެއްތަނަކަށް އެއްވެ ތިބުން އޮތީ މަނާކޮށްފައެވެ. ނަމަވެސް އެޗްޕީއޭއިން މިރޭ ބުނީ، މާދަމާއިން ފެށިގެން ކޮވިޑުގެ ގައިޑްލައިންތަކާ އެއްގޮތަށް ހަފްލާތަކާއި ޕާޓީތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މާދަމާއިން ފެށިގެން ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދެވޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ހުޅުވާލާއިރު މިމަހުގެ ނިޔަލަށް ވެކްސިން ޖެހޭ އުމުރުފުރައިގެ ދަރިވަރުންނާއި މުވައްޒަފުންގެ 95 އިންސައްތަ ވެކްސިން ފުރިހަމަ ކުރުން މުހިންމު ކަމަށެވެ.
މިރޭގެ އެންގުމުގައި އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު