ހޯމް މިނިސްޓަރު، ޝެއިޚް އިމްރާން އަބްދުﷲ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ވަނީ މިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"އިއްޔެ ޕޮޒިޓިވް ވީ. މި ވަގުތު ހޮސްޕިޓަލުގަ. އަލާމާތް ހުރެގެން ދެއްކީމަ ޕޮޒިޓިވް ކަން އެނގުނީ." މިނިސްޓަރު އިމްރާން ދާދި ދެންމެ ވަން އަށް މެސެޖަކުން ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން މިއަދު ހޮސްޕިޓަލަށް ވަޑައިގެންނެވީ ޑޮކްޓަރަށް ދެއްކެވުމަށެވެ. އަދި މި ވަގުތު ހުންނެވީ ގޭގައި ހޯމް ކަރަންޓީނުގަ އެވެ.

މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވް ވި އިރު، އަނބިކަނބަލުން ފާތިމަތު ޔުމްނާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ދެކަނބަލުންގެ ހާލު ވެސް ރަނގަޅެވެ.

މިނިސްޓަރު އިމްރާން އަދި އަނބިކަނބަލުން ވެސް ވަނީ ކޮވިޑް ދެ ޑޯޒް ފުރިހަމަ ކުރައްވާފަ އެވެ.

ރާއްޖޭގެ ބައެއް ވަޒީރުން މީގެ ކުރީންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.