އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރެއްވުމަށް ކެބިނެޓު ދޫކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.
އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް މިނިސްޓަރު ޝަހީމް ވަނީ މިއަދު ނިންމަވައިފައެވެ.
އެކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާ ހުރެ، ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވައި ހާލިސްކަމާއެކު ޝަހީމް، އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
އިމްރާންގެ ޕޯސްޓަށް ރައްދުދެއްވަމުން، އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތުގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރަން ނުޖެހޭނެ ކަމަށާއި އެ ޕާޓީގެ މެންބަރެއް މަގާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.
"އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އަޅުގަނޑު އިންތިހާބުކުރައްވައިފި ނަމަ، ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށްދާނަން އިންޝާﷲ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު، ޝަހީމް ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ.
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ