Close
ޚަބަރު

އޮސްޓްރޭލިއާ އިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި

ރިފާ ހަލީލު

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އަދި މި ހަދިޔާ ކުރި ޕީޕީއީ ސާމާނުގެ ސަބަބުން މި ބަލި ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑުން އަރައިގަތުމަށް ރާއްޖެއަށް މިހާތަނަށް ނުވަ މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މި ބަލިން ރައްކާތެރިވުމަށް ބޭނުންވާ އެކިއެކި ސާމާނު ހަދިޔާ ކޮށްފައިވާނޭ ކަމަށްވެސް ބުނެފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ގިނަ ގައުމުތަކުގެ އެހީތެރިކަން ވަނީ ލިބިފަ އެވެ.