ކޮންމެ ކަމެއްގައިވެސް ގައުމު އިސްކޮށް، ގައުމަށް ހެޔޮއެދިގެން މަސައްކަތް ކުރުމުގައި ދެމިތިބުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
ސިޔާމު މިކަމަށް ގޮވައިލެއްވީ، މިއަދު ފާހަގަ ކުރައްމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައެވެ.
އެ ހިތޯބުގައި ސިޔާމު ވިދާޅުވީ، މިނިވަންކަމަކީ ގައުމަކަށް ލިބޭނޭ އެންމެ މަތިވެރި އެއް ނިއުމަތް ކަމަށެވެ.
މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަބަދުމެ މަސައްކަތް ކުރުމަކީ، ގައުމުގެ ހުރިހާ ފަރުދުންގެ ކޮނޑުގައި އެޅިފައި އޮތް މަތިވެރި ދީނީ، އަދި އިޖުތިމާއީ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ގައުމުތަކުގެ މިނިވަންކަން ނަގައިލުމަށްޓަކައި ތަފާތު އެކި އުކުޅުތައް ބޭނުންކުރާއިރު، މި ގައުމުގެ މިނިވަންކަމަށް އެތެރެއިންނާއި ބޭރުން ކުރިމަތިކުރުވަމުންދާ ގޮންޖެހުންތަކާމެދު ސަމާލު ވެ، އެފަދަ ކަންކަމުން މިގައުމުގެ މިނިވަންކަން ދިފާއު ކުރުމަކީ ކޮންމެހެން ކުރަން މަޖުބޫރު ވެފައިވާ ކަމެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރޭ މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މަދު ބަޔެއްގެ އަމިއްލަ އެދުމުގެ ސަބަބުން މިއަދުވެސް ދިވެހިންގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރަމުންދާ މަންޒަރު ފެންނަކަމީ، ނުހަނު ހިތާމަހުރި ކަމެއް،" ސިޔާމްގެ ހިތޯބުގައި ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަކި ފަރުދެއްގެ މަސްލަހަތަށްވުރެ މި ލޮބުވެތި ދިވެހި ގައުމު މާ ބޮޑުވާނެ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު