މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މި މަހުގެ 21 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށް ޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މީގެ ކުރިންވެސް މިކަމަށް އިއުލާނު ކުރި ނަމަވެސް ހުށަހަޅާފައިވާ ބައެއް ބީލަންތަކުގެ އަގު ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވެފައިވާތީ އާއި ބައެއް ބީލަންތައް ޝަރުތު ހަމަ ނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިހާރު އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާއިރު އަންނަ މަހުގެ 12 ވަނަ ދުވަހުގެ އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުވަތަ މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.