އދ. ގެ ސެކިއުރިޓީ ކައުންސިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރައްވާނެ ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އިންޑިއާގެ "ވިއޯން" ޗެނެލަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ދައުރަކީ މެންބަރު ގައުމުތައް ގުޅުވުން ކަމަށެވެ.
"އދ. ގެ ސެކިއުރިޓީ ކައުންސިލް ރިފޯމް ކުރެވޭނީ މެންބަރުންނަށް. ރައީސްގެ މަސްއޫލިއްޔަތަކީ ހުރިހާ މެންބަރުން ގުޅުވުން. އަޅުގަނޑުގެ ރައީސްކަމުގައި ސެކިއުރިޓީ ކައުންސިލް ރިފޯމު ކުރެވިގެންދާނެ ކަމަށް އުންމީ ދުކުރަން. 1970ގެ އަހަރުތަކުގައި ވެސް އެ މަސައްކަތުގައި އުޅުނު ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ. އެ މަސައްކަތަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮތުގައި ގިނަ ކަންތައްތަކެއް ހާސިލުކުރައްވަން ބޭނުންވާ ކަމަށާއި އެގޮތުން ކޮވިޑާ ގުޅިގެން ހީނަރު ވެފައިވާ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމާއި، އދ. ރިފޯމު ކުރުމާއި، މޫސުމީ ބަދަލުތަކުގެ މައްސަލަ އާއި އިންސާނީ ހައްގުތަކަށް ހާއްސަ އިސްކަމެއް ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު