ރަޝިއާ (ރޫސީވިލާތް) އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރޫސީވިލާތުގައި ގާއިމުކޮށްފައިވާ ޓުއާ އޮޕަރޭޓިން ދިވެހި ކުންފުންޏެއް ކަމުގައިވާ ރިޕޯޓްލައިފް ހޮލިޑޭސް އާއި ރެޑުވިންގްސް އެއާލައިން އާ ގުޅިގެންނެވެ.
އެ މަޝްވަރާތަކުގައި މޮސްކޯ އާއި ރާއްޖެއާ ދެމެދު ސީދާ ފުލައިޓުތައް ފެށުމުގެ ގޮތުން ބޭއްވި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުން ހުރި މައުލޫމާތު އެ އެއާލައިން އޮޕްރޭޓްކުރާ ޒިއާޓުއާސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯ މރ. ތޯމަސް ވައިސްވިލާއާ ހިއްސާކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު ޒިއާޓުއާސް އާއި ރިކޯޓުލައިފް ހޮލިޑޭސްއާ ދެމެދު އެކަމާ ގުޅޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުން އޮތެވެ. ރިސޯޓުލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝާޒް ވަލީދު އެވެ. ޒިއާޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އެވެ. އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަޝިޔާ މާކެޓުގެ މުހިންމު ކަމާއި ރަޝިޔާގެ ފަތުރުވެރީންނަށް ރާއްޖެއިން އުފަލާއެކު މަރުހަބާ ކިޔަމުން ގެންދާނެކަން މިނިސްޓަރު މައުސޫމް ފާހަގަކުރައްވައި، ރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނާސް ކުރާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ.
މީގެ އިތުރުން ޖުލައި 22 ވަނަ ދުވަހު ރިޕޯޓުލައިފް އާއި ނޯޑުވިންޑްސް އެއާލައިންއާ އެކު ބޭއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގެން ރާއްޖެއަށް ދަތުރު ފެށުމަށް އެއާލައިންތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުއްވައި ލެއްވިއެވެ. ވަކިން ހާއްސަކޮށް ގޭން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާހީމް ސިޔާދު ގާސިމް އާއި ވިލާ ހޮޓެލްސްގެ ބިޒްނަސް ޑިވޮލްޕްމަންޓް ޑިރެކްޓަރު މުރާދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޕޯޓްލައިފް ހޮލިޑޭސްގެ ދައުވަތަކަށް މިނިސްޓަރު މައުސޫމް ކުރައްވާ މި ދަތުރުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބް ޝަހީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި މޮސްކޯގައި ހުންނަ ރިޒޯޓުލައިފް ހޮލިޑޭސްގެ އޮފީހަށް މިނިސްޓަރު ޒިޔާރަތްކުރައްވައި އެ އޮފީސް ބައްލަވައިލައްވައި، ސީއީއޯ ވަލީދު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވަމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވައި، ވަލީދުއަށާއި ވަލީދުގެ ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.
ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %23.8 އަކީ ރޫސީވިލާތުގެ ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު