ސަރުކާރު ކޯލިޝަން ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލު ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް ސަރުކާރަށް އޮތީ، ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލު ފާސްނުކުރެވި އޮތުމެވެ. 100 އަށްވުރެ ގިނަ ދީނީ އިލްމުވެރިންނާއި އެތައް ރައްޔިތުންނެއް އެ ބިލާ ދެކޮޅަށް ނުކުތުމުން ސަރުކާރުން ވަނީ ބިލު ފާސްކުރުން މަޑުޖައްސާލައި ބިލަށް ބަދަލުތައް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިފައެވެ. ނަމަވެސް ނަޝީދު ބޭނުންފުޅުވަނީ ބިލު ފުރަތަމަ އޮތް ގޮތަށް ފާސް ކުރެއްވުމަށެވެ. އަދި ބިލު އޮތް ގޮތަށް ފާސް ނުކުރައްވައިފިނަމަ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަތަކަށް އެމްޑީޕީގެ ޒުވާނުންގެ ގޮތްޕާއި އަންހެނުންގެ ރޫހުން ވަނީ ތާއީދުކޮށްފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގައި އިސްކޮށް އުޅުއްވި، މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރު ހިންގަން ހުރީ އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި އެހެންކަމުން އެމަނިކުފާނު ބަދުނާމުކޮށް ގަރާރު ނެރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށެވެ.
"ކިތަންމެ ވަރަކަށް ރައީސް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތްކަމަށް ދެއްކިޔަސް މިހާރު ނެތް. އެމްޑީޕީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ނަމުގައި ބަޔާންތައް ނެރެ އާއްމުކުރުމުން ޕާޓީ ރޫޅިފައިވާވަރު އެބަ ދޭހަވޭ. އެފަދަ ބަޔާންތައް ގައުމީ މަޖިލީހަށް ހުށަހަޅާ ޕާޓީން އެކައްޗެއް ކިޔަންވީ ނޫންތޯ؟ އެއިރުން ދެކޮޅު ހަދާ މީހާ އެއްކަލަ ފިޔަވަޅުއަޅާ ކޮމިޓީއަށް ގެންދާނީ؟" ރީކޯ ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މޫސަ ވަނީ އެކަން ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީ ބައިބައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށް ވިދާޅުވެ، މޫސަ ވަނީ ރައީސް ނަޝީދު އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު