މިނިވަންކަމާއި ހަމަހަމަ ކަމުގެ ނަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އަމިއްލަ މަންފާތަކެއް ހާސިލުކުރަން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ދިވެހީންނަކީ ހަރުކަށި ފިކުރުގެ ބައެއްކަން ދުނިޔެއަށް ދައްކަން ކަމަށާއި މިނިވަންކަމާއި ހަމަހަމަކަމުގެ ނަމުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަކީ އަމިއްލަ މަންފާތަކެއް ހޯދުން ކަމަށެވެ.
އެ ބަޔާނުގައި ބުނީ، ދިވެހީންނަކީ، ކޮރަޕްޝަނަށް އަބަދުވެސް ނޫނެކޭ ބުނާ ބައެއް ކަމަށާއި ދިވެހިންނަކީ ހަމަހަމަ ކަމަށް ލޯބިކުރާ އެއްބައިވަންތަ ބައެއް ކަމަށެވެ.
އަދާލަތު ޕާޓީން އިތުރަށް ބުނީ، އެޕާޓީ ވުޖޫދުވުމުގެ މައިގަނޑު ބޭނުމަކީވެސް ގައުމުގައި ހިނގަމުން އަންނަ ރަނގަޅު ނޫން ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށާއި އެގޮތުން 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އަދި އެމްއާރުއެމް އާއެކު ކޯލިޝަން ހެދީ ކުރީގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.
އަދާލަތު ޕާޓީއިން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ވެރިކަން ކުރާ މައި ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ނެވެ.
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ