މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށްފަހު ބޯޑަރު އަލުން ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި އޮންލައިން އިވެންޓުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 80 އިންސައްތަ މީހުން ކޮވިޑުގެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ކޮވިޑުގެ އެންމެ ދަތި ހާލަތުގައިވެސް ރާއްޖެއަކީ ނަމޫނާ ދައްކާފައިވާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފުކުރަން ޖެހޭ ކަމަށާއި އެއީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ފަހުކޮޅުގައި ނުވަތަ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ވެކްސިން ޓޫރިޒަމް ތައާރަފުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް މީގެ ކުރިން ވިދާޅުވީ، ދިގު މުއްދަތެއްގައި ރާއްޖޭގައި ފަތުރުވެރިންނަށް ތިބެވޭގޮތަށް ގާނޫނު ބަދަލުކޮށް، ކޮވިޑް ވެކްސިން ހޯދުމަށް ދުނިޔެއަށް ދިމާވެފައިވާ ދަތިކަމުގެ ތެރެއިން ވެކްސިންގެ ކަންތައް އެޗްޕީއޭއިން ހަމަޖައްސައިފިނަމަ ރާއްޖޭގައި ޓޫރިޒަމް ވެކްސިން ފެށޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު