Close
ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

އަލީ އަފާފު ރަމީޒު

ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އަބްދުﷲ ގާޒީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހުށަހެޅި މައްސަލައެކެވެ. ޖޭއެސްސީން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ސާބިތުނުވާ ކަމަށް މިމަހުގެ ހަތްވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޖޭއެސްސީން ބަލާފައިވަނީ އަބްދުﷲ ގާޒީގެ ކޮން ސުލޫކީ މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

އަބްދުﷲ ގާޒީ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމު އަދާކުރައްވައިފައެވެ. އޭނާ ފެމެލީ ކޯޓަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައެވެ.