އެޕްރީލް މަހުގެ ތެރޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުން ދެވަނަ ޑޯޒް ޖެހުމަށް މިހާރު ބުކިން ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި ވެކްސިނަކީ ކޮވިޝީލްޑް ވެކްސިނެވެ.
އެޗްޕީއޭއިން ބުނީ، އެޕްރީލް މަހު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުން book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ވަގުތު ނާދެވިއްޖެ ނަމަ ބުކިން ކެންސަލްވާނެ ކަމަށެވެ. އެޕޮއިންމަންޓް ހެއްދުމަށް އެހީތެރިކަން ބޭނުންވާ ނަމަ 1676 އަކަށް ގުޅުމަށް ވެސް އެޗްޕީއޭއިން އެދެއެވެ.