އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ބަންގްލަދޭޝްގެ ޑާކާ އަށް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އީދު ބަންދާ ދިމާކޮށް ޑާކާ އަށް ދަތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއް މިމަހުގެ 20 އަދި 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
މި ހާއްސަ ފްލައިޓްތަކާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކޮވިޑްގެ ހާލަތު ގޯސްވެ ސައުތު އޭޝިއާގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން އެ ގައުމުތަކަށް ދަތުރު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން މިހާރު ދަތުރު ކުރުމަށް ހުއްދަ ދިނުމުން ވަރަށް ގިނަ ބަޔަކު ދަތުރު ކުރަން ބޭނުންވެ އިތުރު ފްލައިޓްތައް ބޭއްވުމަށް އެދޭ ކަމަށެވެ.
މޫސާ ވިދާޅުވީ މި ފްލައިޓް ތަކަކީވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ބާއްވާ ފްލައިޓްތަކެއް ކަމަށެވެ.
ބަންގްލަދޭޝްގެ ޑާކާ އަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 6736 ރުފިޔާ އަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން އެ ގައުމަށް ފޮނުވުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު