ޚަބަރު

ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ކަންކަމުގައި މަސައްކަތް ކުރާ ފްރަންޓްލައިން ވޯކަރުންނަށް އެލަވެންސްގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދުގެ ނިޔަލަށް 12,479 ފްރަންޓްލައިން ވޯކަރުންނަށް 165.72 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފްރޮންޓްލައިން އެލަވަންސް ދޭން ފެށީ މާޗް 7، 2020 ގަ އެވެ. މި އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.