އައްޑޫ އީކުއޭޓާ ވިލެޖާ ދިމާ މޫދަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

އެމްއެެންޑީއެފުން ބުނީ، އީކުއޭޓާ ވިލެޖުގެ އުތުރު ފަރު ބޭރުން ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިގެން ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ނަގައިގެން މިއަދު ހަވީރު 4:36 ގައި ފޭދުއަށް ގެންގޮސްފައިވާކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 15.30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަތުރުވެރިޔާއަކީ، އީކުއޭޓާ ވިލެޖްގެ ފަތުރުވެރިއެކެވެ.