ކ. ތިލަފުށީގައި އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ތިލަފުށީގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުތަކުގެ ތެރެއިން ހާބާ ރިހިބިލިޓޭޝަން މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ވޯކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހެވީ ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރުމާއި، ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 135.7 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު