އއ. ހިމަންދޫގެ ފުއްޓަރު ފަރާތު ގޮނޑުދޮށުން ތިން މީހެއްގެ ބޮލުގެ ނާށިގަނޑާ އެކު މިނި ކަށިތަކެއް ފެނިއްޖެއެވެ.
ހިމަންދޫ ކައުންސިލުގެ ރައީސް ހުޝާމް އިސްމާއިލް 'ވަން' އަށް މިއަދު ވިދާޅުވީ، އެ މިނި ކަށިތައް އިއްޔެ ފެނިފައި ވަނީ އެ ރަށުގެ ގިރަމުން އަންނަ ސަރަހައްދުން ކަމަށާއި އޭގެ ތެރޭގައި ތިން މީހެއްގެ ކަށިތައް ހުރި ކަމަށެވެ.
އެގޮތުން އެކެއްގެ ބޮލު ކަށިގަނޑު އެނގޭ ގޮތަށް އޮތް އިރު އަނެއް ދެ ބޮލުގެ ކަށިތައް ހުރީ އާނުގަނޑާ އެކުވެ ވަރަށް ބޮޑަށް ހަލާފުވެފައި ކަމަށް ހުޝާމް ވިދާޅުވިއެވެ.
"ބޮޑަށް ބެލެވެނޭ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައި ހުރި ބައެއްގެ ކަށިތައް ކަމަށް. އެއީ އެއްބައި ކަށިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު އަނެއްބައި ކަށިތައް ހުރީ އާނުގަނޑުގެވެސް ދަށުގައި. ބޮޑަށް ބެލެވެނީ އެ މީހުން ވަޅުލި ފަހުން އާނުގަނޑު ވެސް އުފެދިފައިވާ ކަމަށް،" ހުޝާމް ވިދާޅުވިއެވެ.
ތިން މީހުންގެ ބޮލުގެ ނާށިގަނޑުވެސް ހުރީ ގިބުލައާ ދިމާލަށް އަރިއަކަށް ކަން ފާހަގޮށް ހުޝާމް ވިދާޅުވީ، ބެލެވޭ ގޮތުގައި އެތަނުގައި ވަޅުލާފައިވަނީ މުސްލިމުންތަކެކެވެ. އަދި އެ ސަރަހައްދުން ހިރިގަލުގެ ބައެއް ބައިތަށް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ސަރަހައްދުގައި މިސްކިތެއް ނުވަތަ ގަބުރަސްތާނެއް ހުރި ކަމަށް ދުވަސްމީ މީހުންނަށްވެސް ނޭނގޭ ކަމަށް ހުޝާމް ވިދާޅުވިއެވެ.
އެ ކަށިތަކުން ސާމްޕަލް ނެގުމަށްފަހު މިހާރު ވަނީ ހިމަންދޫ ސަހަރާގައި ވަޅުލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު