މިރޭ ދަންވަރު މާފަންނުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މިރޭ 23:00 އިން ފަތިހު 4:00 އަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ފެނުގެ ހިނދުމަތް މެދުކެނޑޭނީ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާ ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ކަމަށެވެ.
އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑާލަނީ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެންހޮޅި ގުޅުވާލުމަށެވެ. ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ފެނުގެ ހިދުމަތް މުދުކެނޑޭ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު