ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ޔޫކްރެއިން ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫކްރެއިންގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗު. އެޓީމުން ދަނީ ގައުމީ ފުޓުބޯޅަ ތާރީހުގެ ތެރެއިން ޖާގަ ހޯދަމުން. އިންގްލެންޑަށް އޮތް އެންމެ ޗެލެންޖަކަށް ވާނީ ޔޫކްރެއިންގެ ގައުމީ ރޫހު. އެގައުމަށް މިއީ ގައުމީ ކަމެއްގެ އިހުސާސް ވަނީ އައިސްފައި. ޔޫކްރެއިންއިން މިހާރު ހިތްވަރު ކުރަމުން ދަނީ ގައުމީ ޖޯޝުގައި.
އިންގްލެންޑުން މިފަހަރުގެ މުބާރާތަށް ނުކުތީ ފުރަތަމަ ފަހަރަށް ޔޫރޯ ހޯދުމަށް. ޒުވާން ސްކޮޑަކާއެކު އެޓީމުން މިހާތަނަށް މުބާރާތުގައި ބަލިވެފައެއް ނުވޭ. އެޓީމު ކޮޅަށް މިހާތަނަށް މުބާރާތުގައި ގޯލެއްވެސް ވަދެފައެއް ނުވޭ. ގަދަ 16 ގައި އިންގްލެންޑުން ވަނީ ވަރުގަދަ ޖަރުމަނު 2-0 އިން ބަލިކޮށްފައި. މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އިޓަލީގެ ރޯމްގައި.
- ސްޓޭޑިއަމް: ސްޓޭޑިއޯ އޮލިމްޕިކޯ
- ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން
- އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)
- އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް
- ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމެއް
- ޔޫރޯ 1968 ފައިނަލް، 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމް
- އިންގްލެންޑް
- ގެރެތު ސައުތުގޭޓް
- އުމުރު: 50 އަހަރު
- އިންގްލެންޑް ގައުމީ ޓީމު ކޯޗުކަމުގެ މަގާމަކީ އުނދަގޫ މަގާމެއް ނަމަވެސް ސައުތުގޭޓްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު ވިސްނުމަކުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނަ މަންޒަރު.
- ހާއްސަކޮށް ވަކި ޓީމެއްގެ ކުޅުންތެރިޔަކަށް ނުބަލައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ރިސްކް ނަގަން ކެރޭ ކޯޗެއްގެ ގޮތުގައި ސައުތުގޭޓް ފާހަގަ ވެފައިވޭ.
- 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީއަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެއް.
- ސައުތުގޭޓަކީ ކުރިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ކޯޗެއް.
- ޔޫކްރެއިން
- އަންދްރޭ ޝެވްޗެންކޯ
- އުމުރު: 44 އަހަރު
- އަންދްރޭ ޝެވްޗެންކޯއަކީ ޔޫކްރޭނުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވުނު މޮޅު ފޯވަޑެއް.
- ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޝެވްޗެންކޯ.
- ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައި. އަދި 2004 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ވެސް ހޯދި.
- އިޓަލީގެ އޭސީ މިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީން ފެނުނު ޝެވްޗެންކޯ ކުޅުން ހުއްޓާލީ 19 އަހަރަށްފަހު 2012 ވަނަ އަހަރު.
- ޝެވްޗެންކޯ، ޔޫކްރޭނުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު. އޭނާގެ ކޯޗިން ކެރިޔަރުގައި ފުރަތަމަ ހަވާލުވި ޓީމަކީ ވެސް ޔޫކުރޭން.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020