ދިރާގުން ޔޫރޯ 2024 އާއި ބޮޑު އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ އެ ޕްރޮމޯޝަންތަކާ އެކު ޔޫރޯ މުބާރާތާއި އީދުގެ ހަރަކާތްތަކަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫރޯ މުބާރަށް އަމާޒުކޮށް ތިން އޮފާއެއް ދިރާގުން ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން ޔޫރޯގެ އޮފާތަކަކީ
- ޔޫރޯ 2024ގެ ހުރިހާ މެޗުތައް އޮންލައިންކޮށް ބަލައިލުމަށް ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވް ޕެކްއާ އެކު 80 ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024ގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރު، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް 80 ރުފިޔާ އަށް ލިބޭނެ
- ސޮނީ ލިވްގެ ސްޓޭންޑް އެލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއް 60 ރުފިޔާއަށް ލިބޭނެ
- ދިރާގުގެ އާ ޕްރީޕެއިޑް ޕްލޭނެއް ނަގާ ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަކަށް ސޮނީ ލިވް ޕެކް ހިލޭ ލިބޭނެ
- އާ ޕޯސްޓްޕެއިޑް ޕްލޭން ނަގާ ހުރިހާ ކަސްޓަމަރުންނަށް ޖެހިގެން އަންނަ މަހު ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ
- 30 ރުފިޔާއަށް ލިބޭ 30 ޖީބީގެ ޑޭޓާ އެޑް-އޮންއެއް: ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑްއޮން ކޮންމެ ނަންބަރަކަށް ވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތު އެއް ފަހަރު
- ކޮންމެ ކަސްޓަމަރަކަށް ވެސް ސަޕޯޓުކުރާ ޓީމު ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ގިނަވެގެން 5 ޖީބީ ޑޭޓާ) ލިބޭނެ؛ ޑޭޓާ ހޯދަން ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމު ރަޖިސްޓްރީ ކުރަންވާނެ
ބޮޑު އީދާ ގުޅުވައިގެން ދެ އޮފާއެއް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ. އެއީ:
- އީދުގެ މުއްދަތުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ހަތް ދުވަހުގެ ޕެކާ އެކު އިތުރު 50 ޖީބީ (ޖުމްލަ 150 ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެ
- މި އޮފާ ކުރިއަށްދާނީ 22 ޖޫންގެ ނިޔަލަށް
- ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާތަކާ އެކު އިތުރު ޑޭޓާ ލިބޭނެ
- މި އޮފާ ކުރިއަށްދާނީ 30 ޖޫންގެ ނިޔަލަށް
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި