ޔޫރޯ 2020 ގެ ކުއާޓާ ފަައިނަލުގައި ސްޕެއިންއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫރޯ 2020 ގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗު. ސްޕެއިން ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ކުޅުނު ފޯރިގަދަ މެޗުގައި ކްރޮއޭޝިއާ ބަލިކޮށްފައި. މެޗުގައި އަށް ގޯލު ފެނިގެން ދިޔައިރު ސްޕެއިން މެޗުން މޮޅުވީ 5-3 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑް ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައި. މެޗުން ސްވިޒަލޭންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.
- ސްޓޭޑިއަމް: ކްރެޓޮވްސްކީ ސްޓޭޑިއަމް
- ސަޕޯޓަރުންގެ ޖާގަ: 68،134 މީހުން
- އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،067 މީހުން (50 ޕަސެންޓް)
- އޭޕްރީލް 2017 އިން ފެށިގެން ރަޝިޔާ ލީގުގެ ޒެނިތުގެ ހޯމް ސްޓޭޑިއަމް
- 2018 ވަނަ އަހަރު ވޯލްޑް ކަޕް ހަތް މެޗު ކުޅުނު
- ޑިޒައިން ކޮށްފައި ވަނީ ޖަޕާނުގެ އާކިޓެކްޓް ކިޝޯ ކުރޮކާވާ
- ސްޕެއިން
- ލުއިސް އެންރީކޭ
- އުމުރު: 51 އަހަރު
- ލުއިސް އެންރީކޭގެ ކޯޗިން ކެރިއަރު ފެށިފައި ވަނީ 2008 ވަނަ އަހަރު ބާސެލޯނާގެ ބީ ޓީމުން
- އޭގެ ފަހުން ރޯމާ އާއި ސެލްޓާއަށް އެންރީކޭ ކޯޗުކަން ކޮށްދީފައިވޭ
- ސްޕެއިން ގައުމީ ޓީމާ އެންރީކޭ ހަވާލުވީ 2018 ވަނަ އަހަރު
- އޭގެ ފަހުން އަމިއްލަ ސަބަބުތަކާ ހުރެ ޓީމުން ދުރަށް ޖެހިލި ނަމަވެސް އަނެއްކާވެސް އޭނާގެ ފޯކަސް ހުރީ ގައުމީ ޓީމުގެ ކޯޗު ކަމަށް
- ސްވިޒަލޭންޑް
- ލަޑިމިއާ ޕެޓްކޮވިޗް
- އުމުރު: 57 އަހަރު
- ޔޫގޯސްލާވިއާއަށް އުފަން ޕެޓްކޮވިޗް މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ
- ޕެޓްކޮވިޗް ކޯޗިން ކެރިޔަރު ފެށީ 1997 ވަނަ އަހަރު
- ކްލަބު ކޯޗިންގައި ޕެޓްކޮވިޗްގެ އެންމެ ބޮޑު ކާމިޔާބަކީ ލާޒިއޯއާއެކު 2012ގެ ކޮޕާ އިޓާލިއާ ކާމިޔާބުކުރުން
- ލާޒިއޯ ދޫކޮށްލުމަށްފަހު ސްވިޒަލެންޑްގެ ކޯޗުކަމާ ޕެޓްކޮވިޗް ހަވާލުވީ 2014 ވަނަ އަހަރު
- އޭނާ ވަނީ ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 ގައި ސްވިޒަލެންޑަށް އިރުޝާދު ދީފައި
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020