ފުވައްމުލަކު ސިޓީގައި ދޮން ދަރިއާ ބެހުނު އޭނާގެ ދޮން ބައްޕަ 32 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ، އެ މައްސަލައިގައި ހަތަރު ދައުވާ އެއް އުފުލާފައިވަނީ ޏ. ފުވައްމުލަކު، އަބްދުﷲ އަލީ މޫސާ(52) ގެ މައްޗަށް ކަމަށެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އަބްދުﷲ އަލީ މޫސާގެ މައްޗަށް އުފުލާފައިވަނީ، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާއާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، ފުވައްމުލަކު ކޯޓުން ހުކުމްކޮށްފައިވަނީ، އަބްދުﷲ އަލީ މޫސާ 32 އަހަރާއި 1 މަހާއި 27 ދުވަހަށް ޖަލަށްލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު