މި ސަރުކާރުން ދެ ކޮޓަރީގެ ފުލެޓު ހެދުމަށް ހިނގާ ހަރަދު 47000 ޑޮލަރަށް އަދި ތިން ކޮޓަރީގެ ފުލެޓު ހެދުމަށް ހިނގާ ހަރަދު 65000 ޑޮލަރަށްވުރެ ބޮޑު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ހިޔާ ފްލެޓްގެ ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން ހިޔާ ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓުމެންޓެއްގެ އަގަކީ 62،000 ޑޮލަރު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހައުސިން ޔުނިޓުތަކުގެ އަގު ހެޔޮވާނެ ކަމަށެވެ.
"މި ސަރުކާރުން އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓްތަކުގައި ދެ ރޫމް އެއީ 650 ސްކޮޔާ ފީޓާއި 700 ސްކޮޔާ ފީޓުގެ ތަންތަން. އެތަންތަނުގެ އަގު އުޅޭނީ 45،000 ޑޮލަރާއި 47،000 ޑޮލަރާ ދެމެދުގެ އަގެއްގައި. އަދި ތިން ބެޑްރޫމްގެ ތަންތަން އެއީ 900 ސްކޮޔާ ފޫޓުގެ ތަންތަން މިޖެހެނީ 65،000 ޑޮލަރަށް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިިދާޅުވީ، މިސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ނިންމައި އެތަންތަން ހަވާލު ކުރާނީ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު