ދެކުނުގެ ރަށެއްގައި އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައިި ހައްޔަރު ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ދެކުނުގެ ރަށެއްގައި އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލައިގައި 34 އަހަރުގެ ބަންގުލަދޭޝްގެ މީހަކު ވަނީ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ، އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ގެއަށް ގޮހެވެ.