ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ފްރާންސަށް އޮތީ ގަދަ 16 ޔަގީންވެފައި. މޮޅަކާއެކު ގްރޫޕް އެއްވަނަ ޔަގީން ކުރެވޭނެ. ފްރާންސް އެއްވަރުވެ، ޖަރުމަނަށް ހަންގޭރީ ބަލިނުކުރެވިއްޖެނަމަ ގްރޫޕްގެ ދެވަނަ މަގާމު ނިމޭނީ ފައިދާ ގޯލުގެ ތަފާތަށް ބަލައިގެން. ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބޭނެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ. ޕޯޗުގަލް ބަލި ނުވެއްޖެނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސް ބަލިކޮށްފިނަމަ ޕޯޗުގަލަށް ގްރޫޕުގެ އެއްވަނަ ލިބޭނެ.

ޖަރުމަނު ހަންގޭރީ އަތުން ބަލިވެ، ޕޯޗުގަލްވެސް ފްރާންސް އަތުން ބަލިވެއްޖެނަމަ ޕޯޗުގަލަށް ލިބޭނީ ހަތަރުވަނަ. އޭރުން އެއީ ޕޯޗުގަލަށް ޔޫރޯ ދަތުރު ނިމުމަކަށް އައީ. މިރޭ ގްރޫޕް އެފްގެ ދެވަނަ މެޗުގައި މިގަޑީގައި ޖަރުމަނުން ނުކުންނާނީ ހަންގޭރީއާ ދެކޮޅަށް.

ޕޯޗުގަލްއިން ފްރާންސާ ދެކޮޅަށް ނުކުންނާނީ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި.

  • ޕޯޗުގަލް
  • ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން
  • ފުރަތަމަ މެޗުގައި ހަންގޭރީ ބަލިކުރީ 3-0 ގެ ނަތީޖާއަކުން
  • މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖަހައިދިނީ ރޮނާލްޑޯއާއި ރަފޭލް ގޮރޭރޯ
  • ދެވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުމެ، ޕޯޗުގަލް ބަލިވީ 4-2 ގެ ނަތީޖާއަކުން
  • އެ މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖެހީ ރޮނާލްޑޯއާއި ޖޮޓާ
  • ފްރާންސް
  • ފްރާންސަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން
  • މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސުން ޖަރުމަނު ބަލިކުރީ 1-0 ގެ ނަތީޖާއަކުން
  • މެޗުގެ ހަމައެކަނި ގޯލަކީ ހުމުލްސް އަތުން ބައިކޮޅަށް ވަން ގޯލެއް
  • ފްރާންސުން ދެވަނަ މެޗުގައި ހަންގޭރީއާ ވާދަކޮށް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
  • އެ މެޗުގައި ފްރާންސުން ޖެހި ހަމައެކަނި ގޯލަކީ ގްރީޒްމަން ޖަހައިދިން ގޯލެއް