ޔޫރޯ 2020 ގެ ގްރޫޕް ސީގެ ފަހު ދެ މެޗު މިރޭ އޮންނާނެއެވެ. ގްރޫޕްގެ އެއްވަނަ ނެދަލޭންޑްސްއަށް ޔަގީންވެފައިވާ އިރު، ގްރޫޕްގެ ޓީމުތަކަށް މިހާރު ކުރަން ޖެހިފައިވާ ކަމަކީ ގަދަ 16އަށް ޔަގީން ޖާގަ ހޯދުމާއި، ގަދަ 16 އިގެ އުންމީދަށް ތިން ވަނަ ޖާގައެއް ހޯދުމެވެ. މިރޭގެ މެޗުތަކަށް ބަލައި، ފާހަގަކޮށްލާފައި މި ވަނީ ގްރޫޕްގެ މެޗުތަކުގެ ނަތީޖާތަކުން އައިސްދާނެ ހާލަތްތަކެކެވެ. މިއީ ކިޔުންތެރިންނަށް ލުއި ކޮށްލުމަށް ގެނެސްދޭ އަންދާޒާ ތަކެކެވެ.
- މިރޭގެ މެޗުތައް
21:00 ނެދަލޭންޑްސް - ނޯތު މެސަޑޯނިއާ
21:00 ޔޫކްރެއިން - އޮސްޓްރިއާ
- ގްރޫޕުގެ ނަތީޖާތަކުން އޮތް ފުރުސަތު
- ނެދަލޭންޑްސްއަށް ވަނީ ގްރޫޕް އެއްވަނަ ޔަގީން ވެފައި
- ޔޫކްރެއިން މެޗުން އެއްވަރު، ނޫނީ މޮޅުވެއްޖެ ނަމަ ގަދަ 16އިގެ ޔަގީން ޖާގަ ލިބޭނެ
- އޮސްޓްރިއާއަށް އޮތީ މޮޅުވުން، ޔޫކްރެއިން ބަލިކޮށް ގަދަ 16 ޔަގީން ކުރެވޭނެ
- ނޯތު މެސަޑޯނިއާ އޮތީ ކަޓައިފައި. އެޓީމަށް ދެން ގަދަ ތިނެއްގައި ނިންމައެއް ނުލެވޭނެ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު