ޔޫރޯ 2020 ގެ ގްރޫޕް އޭގައި ސްވިޒަލޭންޑާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭ އެއްގަޑިއެއްގައި ކުޅެވޭ ގްރޫޕް އޭގެ ދެ މެޗަކީ މި ގްރޫޕްގެ ފަހު ދެމެޗު. މިރޭގެ ނަތީޖާއިން ގަދަ 16 އަށް ޔަގީންކަމާއެކު ދާ ދެޓީމު ކަށަވަރުވާނެ. ތިންވަނަ މަގާމަށް ދާ ޓީމު ޖެހޭނީ ހުރިހާ ގްރޫޕްތަކެއްގެ ކުޅުން ނިމެންދެން އިންތިޒާރުކުރަން. އިޓަލީއާއި ވޭލްސް ކުޅޭ މެޗުން ވޭލްސް ބަލިވެ، ސްވިޒަލޭންޑް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ، ސްވިޒަލޭންޑަށް ގަދަ 16 ޔަގީން ކުރެވޭނެ. ސްވިޒަލޭންޑް މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔަގީން ދެ ޖާގައިން ފުރުސަތު ގެއްލޭނެ. ތުރުކީއަށް މިހާރު ޔަގީން ދެ ޖާގައަށް ފުރުސަތެއް ނެތް. ތިންވަނައަށް އަރަން ސްވިޒަލޭންޑް ބަލިކުރަން ޖެހޭ.
މެޗު އޮންނާނީ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި.
- ސްވިޒަލޭންޑް
- ވޭލްސްއާ ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
- އެ މެޗުގައި ސްވިޒަލޭންޑްގެ ގޯލް ޖަހައިދިނީ ބްރީލް އެމްބޯލޯ
- ދެވަނަ މެޗުގައި އިޓަލީ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުން
- ތުރުކީ
- ތުރުކީއަށް ފުރަތަމަ މެޗުގައިވެސް ލައްވާލީ ގްރޫޕްގެ ފެވަރިޓް ޓީމު އިޓަލީ، މެޗުގައި ތުރުކީ ބަލިވީ 3-0 އިން
- ދެވަނަ މެޗުގައި ވޭލްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން
- މިރޭ ތުރުކީއަށް އޮތް ކުޑަ ހިތްވަރަކަށް ތިން ވަނައަށް އަރަން އޮތް ހަނި ފުރުސަތު
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020