މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ކަމަށް އެޕާޓީން ފާސްކޮށްފިއެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކައުންސިލަރަކު ހޮވުމަށް މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަގާމަށް ކުރިމަތިލީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.
އެ ބައްދަލުވުމުގައި ޖުމުލަ 13 ބޭފުޅުން ވޯޓު ދެއްވި އިރު، ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް ގެންނަން ފަސް ބޭފުޅުން ވޯޓު ދެއްވިއެވެ. ނަހުލާ އާއި ޝުޖާއުއަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ނިންމާފައި ވަނީ މާދަމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު