ޕީޖީ ކަމުގައި ނެތް ނަމަ ދެން ފެންނާނީ ދިފާއީ ވަކީލެއްގެ ގޮތުގައި ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވއެރިންގެ ބައްދަލުވުމުގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި އޭނާ އަބަދު ހުންނެވުމަށް ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕީޖީގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ސިޔާސީ މަގާމަކުން ފެނިގެން ހިނގައިދާނެތޯ، އާއި ސިޔާސީ ދާއިރާއަށް ޝައުގުވެރިވެވަޑައިގަންނަވާތޯ، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވީ، ސިޔާސީ ދާއިރާއަށް ޝައުގުވެރުވެވަޑައި ނުގަންނަވާ ކަމަށެވެ.
ސިޔާސީ ދާއިރާއެއްގެ މަގާމެއްވެސް އަދާކުރައްވަން ބޭނުން ނުވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.
"އަޅުގަނޑު ސިޔާސީ ދާއިރާއަކަށް ޝައުގުވެރިކަމެއް ނެތް އިނގޭތޯ، ސިޔާސީ ދާއިރާއެއްގެ މަގާމެއްގައި އުޅޭކަށް ޝައުގުވެރިކަމެއް ވެސް އަޅުގަނޑުގެ ނެތް،" ޝަމީމު ވިދާޅުވިއެވެ.
ނަމަވެސް ޝަމީމު ވިދާޅުވީ، ޕީޖީގެ މަގާމުގައި ނެތިއްޔާ ދެން އޭނާ ފެނިގެންދާނީ، ދިފާއީ ވަކީލެއްގެ ގޮތުގައި ކަމަށެވެ.
އެގޮތަށް ވަކާލާތު ކުރައްވާތަން އާއްމުކޮށް ފެނިގެންދާނީ ޖިނާއީ މައްސަލަތަކުގައި ކަމަށާއި، އެހެން ކަހަލަ މައްސަލަތަކުގައި އުޅުއްވަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ފޮތްލިޔާ މީހެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށާއި، ފޮތް ލިޔުއްވުމަކީ އަބަދުވެސް ކުރާހިއްވާ ކަމެއް ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
"އަޅުގަނޑު މިކަމުގައި ނެތިއްޔާ ދެން ފެންނާނީ ދިފާއީ ވަކީލެއްގެ ގޮތަށާއި، ދެން އަނެއްހެން ވަަރަށް މަސައްކަތުން ފޮތް ލިޔާ މީހެއްގެ ގޮތުގަ އިރާދަ ކުރެއްވިއްޔާ، ދެން އެއީ އަޅުގަނޑުގެ އުއްމީދަކީ އަބަދުވެސް ކުރާހިތްވާވެސް ކަމަކީ އެއީ، އާއްމުކޮށް އުޅޭނީ ވެސް ޖިނާއީ މައްސަލަތަކުގައި އެހެން ކަހަލަ މައްސަލަ ތަކެއްގައެއް ނޫން އުޅޭނީ،" ޝަމީމު ވިދާޅުވިއެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ރާއްޖޭގައި ހިނގަމުންދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގާއި އެ މައްސަލަތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ޕީޖީ ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވައިފައެވެ.
އޭގެ ތެރޭގައި، ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށްކުރާ ޖިންސީ މައްސަލަ ތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކާބެހޭ މައުލޫމާތުތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު