މީހުންނާ ދިމާލަށް ލާދީނީ ކިޔުން ހުއްޓުވުމަށްޓަކައި އެކަން ޖިނާއީ ކުށަކަށް ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ ފޭސްބުކް އާއި އެމަނިކުފާނުގެ ޓުވީޓާ އެކައުންޓުގައި އެ ޕެޓިޝަނުގެ ލިންކު ޝެއާ ކުރައްވަމުންނެވެ.
ޕެޓީޝަންގެ ލިންކާއެކު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ނަފުރަތު އުފެއްވުމުގެ ވަކި ގޮތަކަށް މީހާ ލޭބަލް ކުރުން ހުއްޓުވުމަށް މި ޕެޓިޝަންގައި ސޮއިކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއީ "ހަސަން ކުރުސީ" ނަމަކަށް ކިޔާ މީހަކު ފަށާފައިވާ ޕެޓިޝަނެކެވެ.
އެ ޕެޓިޝަނުގައި އޭނާ ބުނެފައިވަނީ އެއީ މީހުންނަށް ލާދީނީ ކިޔުމާއި އަދި ކާފަރަށް ގޮވުން ހުއްޓުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.
އޭނާ ބުނެފައިވަނީ މީހުން ލޭބަލް ކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭ އޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ވެެސް ހަރުކަށި ވިސްނުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމުގެ މިސާލެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން މަޖިލީހަށް ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.
އެބިލު މަޖިލީހަށް ބަލައިގަނެ މިހާރު އޮތީ ޖުޑީޝަރީ ކޮމިޓީގައެވެ.
އެކޮމިޓީން ބުނެފައި ވަނީ އެބިލުގައި ހުށަހަޅާފައިވާ އިސްލާހުތަކަށް ގޮތެއް ނިންމާނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ބަހެއް ހޯއްދެވުމަށްފަހު ކަމަށެވެ.
ކޮމިޓީގައި ބިލު އޮތް އިރު އެ ބިލަކީ އިސްލާމްދީނާ ދެކޮޅު ބިލެއްކަން ފާހަގަކޮށް ބައެއް އިލްމުވެރިން އަންނަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
އެގޮތުން އެ ބިލު އަނބުރާ ގެންދަން 101 ދީނީ އިލްމުވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވައިފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް