ކޮވިޑަށް ފަހު ހަޖަމުގެ ނިޒާމުގައި މައްސަލަތައް ފާހަގަ ކުރެވޭނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ސަމާލުވާން ވާނެއެވެ.
ކޮވިޑުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިކޮށް ނޭވާލާ ނިޒާމަށް އަސަރު ކުރެއެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވުމަށްފަހު ވެސް ހަޖަމުގެ ނިޒާމުގައި ބައެއް މައްސަލަތައް ޖެހޭ ކަން މިހާރު ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ސާސް-ކޮވް-2 ވައިރަސް ހަށިގަނޑަށް ވަންނަ ހިސާބުން ހަށިގަނޑުގައި ހުންނަ ރަނގަޅު ސެލްތަކާ ކުޅެލައެވެ. އޭގެ ތެރޭގައި ހަޖަމުގެ ނިޒާމުގައި ހިމެނޭ ސެލްތަކާ ހަމައަށްވެސް މިވައިރަސް ފޯރާ ކަމަށްވެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑު ބަލީގެ 53 ޕަސެންޓު މީހުންނަށް ހަޖަމުގެ ނިޒާމުގައި މައްސަލަ ޖެހި ވައިގެ އުނދަގޫތަކާ ކުރިމަތިވެ އެވެ. ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަ ޖެހޭ ކަމަށް ފާހަގަކުރެވިފައިވަނީ ކޮވިޑު ޖެހި ރަނގަޅުވަމުން އަންނަ އަދި ރަނގަޅުވެފައިވާ މީހުން ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ވަރުބަލިވުމާއި ވަސް ނުދުވުން އަދި ރަހަ ނުލުމަކީ ކޮވިޑުގެ އެންމެ އާއްމު ބައެއް އަލާމާތްތަކަށް ވެފައި، ބަލިން ރަނގަޅުވަމުން އަންނައިރުވެސް މި އަލާމާތްތައް ބައެއް މީހުންގެ ތަންކޮޅެއް ގިނަ ދުވަހަށް ދެމި ހުރެއެވެ. ނަމަވެސް ބަލިން ރަނގަޅުވުމަށްފަހު ހަޖަމުގެ ނިޒާމުގައި އަންނަނިވި ކަންކަން ފާހަގަ ކުރެވޭނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.
1. މޭނުބައިކުރުމާއި ބަނޑު ދިޔާވުން.
2. ކާހިތް ނުވުން
3. ބަނޑުގައި ރިއްސުން
4. މޭ އެންދުން
5. ހަށިގަނޑުގައި ވައިގެ އުނދަގޫ ބޮޑުވުމާއި، ލޭ އައުން
ވައިގެ މައްސަލަތަކަކީ ވަރަށް އާދައިގެ ވަރަކުން ފެށިގެން ވަރަށް ބޮޑު ވަރުވެސް ވެގެންދާ ކަމެކެވެ. މި ހާލަތުގައި ކެއުމަށް ހާއްސަ ސަމާލުކަމެއް ދީ، ވައިގެ އުނދަގޫ ނުވާނެ ގޮތަށް ކެއުން ބައްޓަންކުރުން މުހިއްމެވެ. މިކަމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
އެގޮތުން ބެލެންސް ޑައެޓެއް ދެމެހެއްޓުމަށް އިސްކަން ދިނުމާއި ހަށިގަނޑުގައި ވަރު ޖައްސައިދޭނެ ތަކެއްޗަށާއި ބަލި ބަލިން ރައްކާތެރިކޮށްދޭނެ ތަރުކާރީ އާއި މޭވާ ވީހާވެސް ގިނައިން ކެއުމުގައި ހިމެނުން ވަރަށް މުހިންމެވެ. އަދި ވީހާވެސް ގިނައިން ފެން ބުއިމާއި ދިޔާ ތަކެތި ބޭނުންކުރަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ބޭނުންތެރި ކަމެކެވެ. މިދުވަސްކޮޅު ކެއުމުގައި ޕްރޯބަޔޯޓިކްސް، މިސާލަކަށް (ޔޯގަޓް) ފަދަ ބާވަތްތައް އިތުރުކޮށްލުން ރަނގަޅު ވާނެ އެވެ. އޯއާރްއެސް ފަދަ ލޮނު ޕެކެޓު ބޭނުންކުރުމަކީވެސް ރަނގަޅު ކަމެކެވެ.
މިދުވަސްވަރު ދަޅު ކާނާ އާއި، ތެލުލި ތަކެތި ކެއުމުން ދުރުވެލުން ވެސް ވަރަށް މުހިއްމެވެ. ކެއުމުގެ އާދަ ގަޑިން ގަޑިއަށް އަށަގެންނެވުމަށާއި ކާބްސް، ޕްރޮޓީން އަދި ފައިބާ އާއި އެހެނިހެން މިނަރަލްތައް ހަށިގަނޑަށް ލިއްބައިދޭ ޑައެޓެއް ދެމެހެއްޓުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް