ލ. އަތޮޅުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:06 ގައި މަރުވެފައިވާ ކަމަށެވެ.
މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 203 އަށް އަރައިފައެވެ. އެއީ 188 ދިވެހީންނާއި 15 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު