ވޮލަންޓިއަރުންގެ ހިދުމަތަކީ އަގުކުރެވޭނެ ހިދުމަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރުންގެ މަސައްކަތް ކުރަމުން އަންނަ ހުރިހާ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވައި ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައިވެސް ސަރުކާރުން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށާއި ވޮލެންޓިއަރުންގެ ހިދުމަތަކީ އަގު ކުރެވޭނެ ހިދުމަތެއް ނޫން ކަމަށެވެ.
ވޮލަންޓިއަރުންނަށް ރައީސް ޝުކުރު އަދާކުރެއްވި އިރު އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހަތަރު ހަފުތާ ހޭދަކުރެއްވުމަށް ފަހު މިއަދު އެނބުރި ގެކޮޅަށް ވަޑައިގެންފައެވެ.
މެޑަމް ފަޒްނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ވޮލަންޓިއަރެއްގެ ގޮތުގައި ޕީޕީއީގައި ހޭދަކުރެއްވި ދުވަސްތަކުގައި ގިނަ ކަންކަން ދަސްވި ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިތުރުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ގިނަ އަދަދެއްގެ ވޮލަންޓިއަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު