ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށްޓަކައި އެތަނުގެ ޕްލޭން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ތިން ހަފުތާވީ އިރުވެސް އެ މަޝްވަރާތައް ފެށިފައި ނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުގެ އަމާޒަކީ ގުޅީފަޅުގައި ބައިނަލްއަގުވާމީ ޕޯޓެއް ތަރައްގީކުރުމެވެ. އަދި އެތަނުން މާލޭ ރައްޔިތުންނަށް 1200 ގޯތި ދޫކުރަން ނިންމާފައިވާ އިރު، ޕޯޓު މަޝްރޫއަށް ކޮންޓުރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މުއިއްޒު އެދިވަޑައިގެންފައި ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް، ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބޭނެ މަންޒިލަކަށް ހެދުމަށެވެ.
އެގޮތުން މެއި 27 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް ގުޅިފަޅަކީ ގެދޮރުވެރިކަމުގެ ސިޓީއަކަށް ހެދުމަށް މަޝްވަރާ ކުރެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގުޅިފަޅުގައި ޕޯޓް އެޅުން ހުއްޓުވައި، ގެދޮރުވެރިކަމުގެ ހާއްސަ މަންޒިލަކަށް ހެދުމަށް ރައީސަށް ދެންނެވުމަށް ކައުންސިލުންވެސް ނިންމިއެވެ.
މުއިއްޒު ރޭ ވިދާޅުވީ މާލެ ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށް ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވާނެ ކަމަށް ވިދާޅުވިތާ ތިން ހަފުތާ ވެފައިވާއިރު އެކަން އަދިވެސް ނުފެށޭތީ ހިތާމަ ކުރާ ކަމަށެވެ.
ގުޅިފަޅުގެ މައްސަލައިގައި މުއިއްޒު މީގެ ވަނީ އެ މައްސަލައަށް އަލިމަގެއް ފެންނަންދެން ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި އަދި އެއްވެސް ވަރަކަށް އަލި މަގެއް ނުފެނިއްޖެ ނަމަ ކޯޓަށް ގޮސްގެންވެސް އެ މައްސަލައަށް ހައްލެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު