ހއ. ފިއްލަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސް އަނަސް މޫސާ މިރޭ "ވަން" އަށް ވިދާޅުވީ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް އިއްޔެ ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިއްޔެ ނެގި ސާޕްލަންގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނެވެ.
އޭނާ ވިދާޅުވީ އެ ކޭސްއާ ގުޅިގެން އެރަށް މިއަދު ހެނދުނު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އަނަސް މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 34 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އެ އެންމެން މިހާރު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ 34 މީހުންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށާއި ސާމްޕަލްތައް ޓެސްޓް ކުރުމަށް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަނަސް މޫސާ ވިދާޅުވީ ރަށުގެ ފިޔަވަޅުތައް މިހާރު ހަރުކަށި ކޮށްފައިވާ ކަމަށާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ރަށުގެ ޓާސްކް ފޯހާއި ރަށުގެ ކައުންސިލް ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު