ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅަން ހަވާލުކޮށްފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
މިދިޔަ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ އެވެ. އެއީ ސިނަމާލެ ބްރިޖު ވެސް އެޅި ކުންފުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓަށް ފަސް ޕާޓީއަކުން ޕްރްޕޯސަލް ހުށަހާޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ޗައިނާއަށް ނިސްބަތްވާ އެހެން ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.
"ޖުމްލަ ހުށަހެޅުއްވި ފަސް ޕާޓީގެ ތެރެއިން އެންމެ އަގުބޮޑުކޮށް ހުށަހެޅުއްވި ޕާޓީއަށް ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ،" މަބްރޫކް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވާ ފަރާތް ނޫން ދެން ތިބި ހުރިހާ ފަރާތްތަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓަކަށް ފަންސާސްހާހާއި ފަންސާސް ދެހާސް ޑޮލަރާއި ދޭތެރޭގައި ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕްރޮޖެކްޓް ހަވާލު ކުރި ކުންފުނިން ހުށަހަޅާފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ކަމަށެވެ.
"އެހެންވީމަ އެންމެ ބޮޑުކޮށް މި ޕާޓީ ނަގާފައި ދެން އެންމެ ބޮޑުކޮށް އަގުކީ ޕާޓީ ވެސް ދިހަ ހާސް ޑޮލަރު އަގު ހެޔޮ މިހާރު ހަވާލުކޮށްފައިވާ ފަރާތަށް ވުރެން،" މަބްރޫކް ވިދާޅުވި އެވެ.
އެހެން ކަމުން މި ސަރުކާރުން ތިން ކޮޓެރީގެ އެޕާޓްމެންޓެއް ހެދުމަށް އަގުކޮށްފައިވާ އަދަދަށް ވުރެ ކުރީގެ ސަރުކާރުން ދެ ކޮޓެރީގެ އަދި ސައިޒްގެ ގޮތުން ވެސް ކުޑަ އެޕާޓްމެންޓެއް ހެދުމަށް ހޭދަކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
"އެއިން އެއްވެސް ޕްރޮޖެކްޓަކަށް ވުރެން މިތަން އަގުބޮޑު. މާލޭގެ ކޮމްޕެޓިޓިވްކޮށް ކޮންސްޓްރަކްޝަން ރަނގަޅަށް ހަދާ ތަނެއްގެ ފިނިޝިންނާއެކު ހަދާ ތަނަކަށް ވުރެން ވެސް އަގުބޮޑު. އޭރުގެ ސަރުކާރަށް ދެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ވެސް އެންމެ އަގުބޮޑު ޕްރޮޕޯސަލް،" މަބްރޫކް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު